ޚަބަރު

މުލިއާގެއިން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް 50،000 ރުފިޔާ ދޭ ވާހަކަ ދޮގުކޮށްފި

އިބްރާހިމް ޒަކީ

ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގެއިން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް 50،000ރ. ދޭ ކަމަށް ބުނާ ވާހަކަ ރައީސް އޮފީހުން މިއަދު ދޮގުކޮށްފިއެވެ.

މުލިއާގެއިން އެ ކޮމިޓީގެ މެންބަރުންނަށް 50،000 ރުފިޔާ ދޭ ކަމަށް އެންމެ ފުރަތަމަ ތުހުމަތު ކުރެެއްވީ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. މީގެ އިތުރުން އިތުބާރުހުރި ފަރާތްތަކާ ހަވާލާދީ ކަމަށް ބުނެ ބައެއް ނޫސްތަކުންވެސް އެ ވާހަކަ ރިޕޯޓްކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓަކުން އެކަން ވަނީ ދޮގުކުރައްވައިފައެވެ. ހީނާ ވިދާޅުވީ، ފައްޔާޒު ދެއްކެވި ވާހަކައަކީ "ބުހުތާނު ދޮގެއް" ކަމަށެވެ.

ހީނާގެ އިތުރުން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންވެސް އެކްސްގައި އަންނަނީ އެ ވާހަކަ ދޮގު ކުރައްވަމުންނެވެ.