ޚަބަރު

ސްޓެލްކޯގެ 100 ވުރެއިން ގިނަ މުވައްޒަފުން ލޭ ހަދިޔާކޮށްފި

ފާތިމަތު ލިޔުޝާ

ސްޓެލްކޯގެ 100 ވުރެއިން ގިނަ މުވައްޒަފަކު ލޭ ހަދިޔާކޮށްފިއެވެ.

އިއްޔެ އެ ކުންފުނީގައި ކުރިޔަށް ގެންދިޔަ އެ ހަރަކާތަކީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ހިއްސާވުމަށް ސްޓެލްކޯއިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ހަރާކާތުގައި ސްޓެލްކޯގެ 100 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވީ ވޮލަންޓިއާކޮށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެއީ މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ސްޓެލްކޯއިން ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.

ސްޓެލްކޯއިން ބުނީ އެފަދަ ދާއިރާތަކުން މުޖުތަމައަށް ހިދުމަތްކުރުމުގައި ސްޓެލްކޯ އިސްނެގުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

"މި ޕްރޮގްރާމަށް މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް ބޮޑުތަރުހީބެއް ލިބިގެންގޮސްފައި. ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި. މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި މިކުންފުނީގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ފަހުރުވެރިކަމާއިއެކު ޝުކުރުދަންނަވަން" ސްޓެލްކޯއިން ބުންޏެވެ.