ޚަބަރު

ބަސް ޑުރައިވަރުގެ ބަންދަށް ހަތް ދުވަސް ޖަހައިފި

އަލީ އިހްސާން

ހުޅުމާލޭގައި ބަހެއްގެ ދަށުވެ ޔުކްރޭން މީހަކު މަރުވި މައްސަލާގައި ބަސް ޑުރައިވަރުގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

ކުރިމިނަލް ކޯޓުން މިއަދު ބަސް ޑުރައިވަރުގެ ބަންދަށް ހަތް ދުވަސްޖަހާފައިވާ މިވަނީ ކުރިން އޭނާގެ ބަންދަށް ޖެހި ތިން ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލޭ އެފްއެސްއެމް ފިއުލް ސަޕްލައި ކައިރީ ހިނގި މި އެކްސިޑެންޓު ހިނގަން މެދުވެރިވިކަމަށް ބެލެވެނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިގެންކަމުގައެވެ. އަދި އަންހެން މީހާ މަރުވީ ބަހުގެ ދަށުވެގެން ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ބަސް ދަށުވެ މަރުވެފައިވާ އުމުރުން 31 އަހަރުގެ ޔުކްރެއިނުގެ އަންހެން މީހާގެ ހަށިގަނޑު މިހާރު ވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފައެވެ.