ޚަބަރު

އައްޑޫ ސިޓީ ފޭދޫގައި ކުނި އުކާލަން ދިޔަ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ފާތިމަތު ލިޔުޝާ

އައްޑޫ ސިޓީ ފޭދޫގައި ކުނި އުކާލަން ދިޔަ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ ފޭދޫގައި މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއަކު ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މޫދުގައި އޮއްވާ 9:40 ހާއިރު ފެނިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

އެއީ ފިރިހެނެއް ކަމަށާއި އެމީހާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.