ޚަބަރު

އުރީދޫ މޯލްޑިވްސްގެ ޗެއާމަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި

އަލީ އިހްސާން

އުރީދޫ މޯލްޑިވްސްގެ ޗެއާމަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ 1 އޭޕްރީލް 2019އިން ފެށިގެން ކުންފުނީގެ އިންޑިޕެންޑެންޓް ޑިރެކްޓަރެއްގެ ގޮތުގައި އަދި އާ ޗެއާމަންގެ ގޮތުގައި ޑޭމިއަން ފިލިޕް ޗެޕަލް އައްޔަންކޮށްފައިވާ ކަމުގައެވެ.

ޗެޕަލް މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އުރީދޫ ގަތަރު ޗީފް ކޮންސިއުމާ އޮފިސަރުގެ މަގާމުގައި ކަމަށާއި އޭނާއަކީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި 17 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް އުރީދޫއިން ބުނެއެވެ.

ޗެޕަލް ވަނީ އޮސްޓެރޭލިޔާގެ ސްވައިންބާން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އިން އެޕްލައިޑް ސައިންސް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައެވެ.