ޚަބަރު

އީދު މިސްކިތުން ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މާލޭ، އީދު މިސްކިތުން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހު އެކަނިވެސް އީދު މިސްކިތުން ދިހަ ފަންކާ ވަގަށް ނަގާފައިވާއިރު، ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން މި އަހަރުގެ މިހާތަނަށް 21 މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވެއެވެ.