ރަސްމީ ދަތުރެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ޝަހީމުގެ މި ދަތުރަކީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށްދާ ޗައިނާ - ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. އަދި މި ދަތުރުގައި
ޝަހީމުގެ އެ ދަތުރުގައި ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ދަތުރުގައި މިނިސްޓަރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.