އެމްޓީސީސީގެ ބަހަކުން ކާރެއްގައި ޖެހިގެން އެކްސިޑެންޑެއް ހިނގައިފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު މެންދުރު ހުޅުމާލޭގައެވެ. މިއެކްސިޑެންޓުގައި މީހަކަށް ގެއްލުންވިކަމެއް ނުވަތަ ނުވާކަމެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް މިއެކްސިޑެންޓުގައި ކާރަށާއި ބަހަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެނެއެވެ. އެގޮތުން މި އެކްސިޑެންޓާ ގުޅިގެން ކާރުގެ ފަހަތުކޮޅު ބަނޑިވެ، ބަހުގެ ހެޑްލައިޓާ ދިމާއިން ބައެއް ނެއްޓިގެން ގޮސް، ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ފުލުހުން ބުނީ އަދި މިހާތަނަށް އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިނުވާ ކަމުގައެވެ.