ބިއުޓީ

އައިޝްވަރިޔާގެ ރީތިކަމުގެ ސިއްރުތައް

ނަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު މިސް ވޯލްޑްގެ މަގާމު ލިބުމާއެކު އައިޝްވަރިޔާ ރާއީ (އައިޝް) ވެގެން ގޮސްފައިވަނީ މުޅި ދުނިޔެއަށް އަން-އޮފިޝަލް އިންޑިއަން އެމްބެސެޑަރަށެވެ. ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ތެރޭގައި އައިޝް ވެގެން ގޮސްފައިވާއިރު އޭނާއަށް ވަނީ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމު ލިބިގެން ގޮސްފައެވެ.

އެހެންކަމުން މިއަދު މިބަލައިލަނީ އައިޝްގެ ބިއުޓީ ބައެއް ސީކްރެޓްސް އަށެވެ.

އުބްތަން

އަބަދުވެސް ރީތިކޮށް ހުންނަ އައިޝް ރީތިކަން ދަމަހައްޓަން ގޭގައި ތައްޔާރުކޮށްގެން އުބްތަން ފޭސް ޕެކެއް ބޭނުން ކުރެއެވެ. މި ޕެކް ތައްޔާރު ކުރުމަށް ބޭސަން (ގްރާމް ފްލާ) ނުވަތަ އާދައިގެ ފުށް، އަދި ކިރު ރީނދޫކޮޅަކާ އެއްކޮށްލާށެވެ. މީގެ އިތުރުން ހަންގަނޑު މޮއިސްޗަރައިޒް ކުރުމަށް ޔޯގަޓްވެސް ބޭނުން ކުރެއެވެ.

މި ބުނި ޕެކް ގެ އިތުރުން ކިއުކަމްބާއިން ޖޫސް ހެދުމަށްފަހު މޫނުގައި ފޭސް މާސްކެއްހެން ވެސް އައިޝް ބޭނުން ކުރެއެވެ.

ސީކްރެޓް ޕޯޝަން

އައިޝްގެ އުޖާލާ ހަމުގެ ސީކްރެޓް ޕޯޝަން އަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ވަރަށް ސިމްޕަލްއެވެ. ވީހާވެސް ގިނައިން ފެން ބުއިމެވެ. އައިޝް ބުނާ ގޮތުގައި އޭނާގެ ހަންގަނޑު ޒުވާންކޮށް ހުންނަނީ އަބަދުވެސް ހައިޑްރޭޓްކޮށް ހުންނާތީއެވެ. ގިނައިން ފެން ބޯ ކަމުގައި ވާނަމަ ހަށިގަނޑުގައި ހުންނަ ޓޮކްސިންތައް ބޭރުކޮށްލައެވެ. އޭރުން ހަން އުޖާލާވެ ރީތިވާން ފަށާނެއެވެ.

ފުޑް ފޯ ސްކިން

"ޔޫ އާ ވަޓް ޔޫ އީޓް" މިއީ ތެދުވާހަކައެކެވެ. އައިޝް އަކީ ވަރަށް ބޮޑަށް ކެއުމަށް ބަލައިގެން ބެލެންސްޑް ޑައިޓެއް ގެންގުޅޭ ތަރިއެކެވެ. އައިޝް ގިނައިން ކަނީ ފެނުކެއްކި ކާނާއެވެ. ތެޔޮލީ ކާނާ ކަނީ ވަރަށް ވެސް މަދުންނެވެ. ބޮޑެތި ކެއުންތަކަށްވުރެ މަދުމަދުން ގިނަ ފަހަރު ކެއުން އެއީ އައިޝްގެ އާދައެކެވެ.

ފިޓް ކޮށް ހުރުން

އައިޝް އަކީ ޖިމް ފްރީކެއް ނޫނެވެ. އެހެން ބޮލީވުޑް ތަރިން ގޮތަށް އޭނާ ޖިމަށް ދާތަނެއްވެސް ނުފެނެއެވެ. ނަމަވެސް ފިޓްކޮށް ހުރުމަށް އައިޝްވެސް ކަސްރަތު ކުރެއެވެ. އޭގެ ތެރޭގައި ހިނގުމާއި، ޕަވާ ޔޯގާ ހިމެނެއެވެ.

ޕިންކް ގްލޯ

އައިޝްގެ މޫނުގައި ހުންނަ ފިޔާތޮށި ކުލައިގެ އުޖާލާ ކަމަކީ އޭނާގެ ހަމުގެ ސިއްހަތު ރަނގަޅުކަން ދޭހަވާ ކަމެކެވެ. މޭކަޕް ކުރުމުގައި ވެސް އައިޝް އަކީ އެހާ ކަންތައްގަނޑު ބޮޑު ތަރިއެއް ނޫނެވެ. މޭކަޕް ކުރުމުގައި ވީހާވެސް މަދު ތަކެތި ބޭނުންކުރުމާއި މަދުން މޭކަޕް ކުރުމަށް އައިޝް އިސްކަންދެއެވެ.