ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ލަގަބު އުރީދޫ މޯލްޑިވްސް އިން، ނ. ލަންދުއަށް އަރުވައިފިއެވެ.
ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ލަގަބު ލަންދޫއަށް އެރުވީ، ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް، ޕަވާޑް ބައި އޭއައި ކެމްޕެއިންގެ ދަށުންނެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވަނީ، ލަންދޫއަކީ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ގޮތުގައި ފާހަގަކުރުމުގެ ގޮތުން، އެ ރަށުގެ ކައުންސިލްގެ ރައީސް، އަބްދުލް އަޒީޒަށް ހާއްސަ ފިލައެއް އަރުވާގައެވެ. މީގެ އިތުރުން، ލަންދޫގެ ރަސްމީ ވެބްސައިޓް ވެސް ނިޔާޒް އިފްތިތާހުކޮށްދެއްވިއެވެ.
އުރީދޫން ބުނި ގޮތުގައި، ލަންދޫ ކައުންސިލާ ގުޅިގެން އުރީދޫން އިސްނަގައިގެން ރަށުގެ އިޖުތިމާއީ އަދި އިގުތިސޯދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިން ކަމަށްވެސް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމި އޮންނާނެ ކަމަށެވެ.