މަގުމަތީގެ އެކްސިޑެންޓް

ހައުސިން މިނިސްޓަރުގެ ކާރު ސައިކަލެއްގައިޖެހި އެކްސިޑެންޓް ވެއްްޖެ

ހައުސިން މިނިސްޓަރު އާމިނަތު އާތިފާގެ ކާރުކޮޅުން ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން" އަށް ވިދާޅުވީ މިނިސްޓަރުގެ ކާރުކޮޅު ސައިކަލެއްގައި ޖެހިގެން އެކްސިޑެންޓެއް ހިނގައި މިއަދު ހެނދުނު 9:54ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އަދި ސައިކަލަށްވެސް ގެއްލުމެއް ވެފައި ނުވާކަމަށް ފުލުހުން ބުނެ އެވެ. މިނިސްޓަރުގެ ކާރުކޮޅުގެ ކުރީ ބަފަރުގެ ވާތް ފަރާތުކަން ބަނޑިވުން ނޫން ގެއްލުމެއް ކާރަށް ވެސް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓް ހިނގިއިރު މިނިސްޓަރު އާތިފާ ވެސް ކާރުގައި އިންނެވި ކަމަށެވެ.