ޚަބަރު

ސިނަމާލެ ބުރިޖުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ

ސިނަމާލެ ބުރިޖުމަތީ މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ސިނަމާލެ ބުރިޖުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ މީހެއް އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ސިނަމާލެ ބުރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ކުރަމުންގެންދަނީ ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. މި ސަރުކާރުން އެ މަސައްކަތް އަލުން ސީސީސީސީއާ ހަވާލުކުރީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ތަނުގެ މެއިންޓެނަންސް މަސައްކަތްތައް ޗައިނާގެ ކުންފުނިން ފެށީ މާޗު 31 ގައެވެ.

އެ އެއްބަސްވުމުގެ ދަށުން، ސިނަމާލެ ބުރިޖުގެ މެއިންޓެނަންސް މަސައްކަތް ސީސީސީސީ ކުންފުނިން ކުރިއަށް އޮތް ތިން އަހަރު ކުރާނެއެވެ. އޭގެ އިތުރުން އެ މަސައްކަތަށް ބެނުންވާ ދިވެހިން އުފެއްދުމާއި ތަމްރީނު ކުރުމާއި އިނިޝިއަލްގެ މަރާމާތުގެ މަސައްކަތާއި ބުރިޖު ބެލެހެއްޓުމުގެ (މެއިންޓެނަންސް) މަސައްކަތް ދިރާސާކުރުމަށް އެސެސްމަންޓުތައް ހެދުމާއި ރިކޯޑު ބަލަހައްޓާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.