ޚަބަރު

ދެގަޑިއެއްހާއިރަށްފަހު ހުޅުމާލެއަށް ކަރަންޓް ދީފި

ދެގަޑިއެއްހާއިރަށްފަހު ހުޅުމާލެއަށް ކަރަންޓް ދީފިއެވެ.

މުޅި ހުޅުމާލޭން މިރޭ ކަރަންޓް ދިޔައީ ދިހައެއްޖަހާކަންހާއިރު އެވެ.

އެކި ހިސާބުތަކަށް ކަރަންޓް ދެމުންގޮސް ބާރަޖަހާކަންހާއިރު މުޅި ހުޅުމާލެއަށް ވަނީ ކަރަންޓް ދީފައެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭން މިރޭ ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށެވެ.

ނަމަވެސް އެެއީ ކޮން މައްސަލައެއް ކަމެއް އޮފިޝަލް ވިދާޅެއްނުވެއެވެ.

އޮފިޝަލް ވިދާޅުވީ ކަރަންޓް ކަނޑައިގެން ދިއުމާއެކު ޓެކްނިކަލް ޓީމުން މަސައްކަތް ފެށިކަމަށެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓްގެ ކެނޑިގެން ދިމާވި އުނދަގޫތަކާއެކުވެސް ހުޅުމާލެ ރައްޔިތުން ދިން އެއްބާރު ލުމަށް ޝުކުރު އަދާކުރާކަމަށެވެ.