ޚަބަރު

ލަންކާގެ ހަތަރު މަސް ބޯޓާއި މަސްވެރިން ދޫކޮށްލަން ރާއްޖެއިން ނިންމައިފި

އަލީ އިހްސާން

ހުއްދައަކާ ނުލައި މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާފައިވާ ލަންކާގެ ހަތަރު މަސް ބޯއްޓަކާއި، އެ ބޯޓުތަކުގެ މަސްވެރިން ދޫކޮށްލަން ރާއްޖެއިން ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައި މިނިސްޓަރު ޝާހިދުވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހުއްދައަކާ ނުލާ މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާފައިވާ ލަންކާގެ ހަތަރު މަސް ބޯއްޓަކާއި، އެ ބޯޓުތަކުގެ މަސްވެރިން ދޫކޮށްލަން ރާއްޖެއިން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

މިކަން ބަޔާންކޮށް ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ ޓްވީޓެއް ކުރައްވަައިފައެވެ.

ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ކުރައްވާފައިވާ ޓްވީޓް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ، ބޭރުގެ މަސް ބޯޓުތައް ދޭތެރެ ދޭތެރެއިން އެމްއެންޑީއެފް ދަނީ އަތުލައިގަންނަމުންނެވެ.

މިދިޔަ މާޗް މަހު ވަނީ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ ހަތަރު މަސް ބޯޓެއް ހއ. ކެލަޔާ ދިމާ ބޭރުން ހިފަހައްޓައިފައެވެ.