ޚަބަރު

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެއެވެ.

ހުޅުމާލޭން ކަރަންޓް ކެނޑިފައިވަނީ، މިރޭ ދިހައެއްޖަހާ އެހާކަންހާއިރުއެވެ.

ސްޓެލްކޯގެ އޮފިޝަލެއް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްމުން ވިދާޅުވީ، ހުޅުމާލެއިން ކަރަންޓްކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް ވީހާއަވަހަކަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

"ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި ޓެކްނިކަލް ޓީމުން މިހާރުވެސް ދަނީ މަސައްކަތްކުރަމުން،" އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް ދިމާވީ ޓެކްނިކަލް ކޮން މައްސަލައެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.