ކުޅުދުއްފުށީ ސިޓީގައި ހުންނަ ކްލިނިކެއް ފަޅާލައި އެ ތަނުން ވައްކަންކޮށްފިއެވެ.
ރޭގެ ދަންވަރުގެ ވަގުތެއްގައި ފަޅާލާފައިވަނީ އިލާ އަލީ އާދަމް ކްލިނިކެވެ.
ފުލުހުން މިއަދު ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި ކުޅުދުއްފުށި ސިޓީގައި ހުންނަ ކްލިނިކަކުން ވައްކަންކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެ ކްލިނިކުން ވަގަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި އަންއިންޓްރަޕްޓެޑް ޕަވާ ސަޕްލައި (ޔޫޕީއެސް) އަކާއި ދެ ފޯނުގެ އިތުރުން މެޝިނަށް ލައްވާ ބެޓެރި ވެސް ވަނީ ވަގަށް ނަގައިފައެވެ.