ފުލުހަކަށް ހަމަލާ ދޭން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ދިވެއްސަކާއި 24 އަހަރުގެ ބިދޭސީއެއް ކަމަށެވެ.
މިއަދު ހަވީރު 4:11 ހާއިރު ބާޒާރު މަތީ ބިދޭސީއަކާއި ދިވެއްސަކާ ދެމެދު ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލްކުރަން އެ ސަރަހައްދުގައި ހަރަކާތްތެރިވި ޓްރެފިކް ޕޮލިހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގަން އުޅުމުން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ދިވެހި މީހާގެ އަނގަމަތިން ކޮންމެވެސް ލޭ އައިސްފައި ހުރި ކަމަށެވެ.