ޚަބަރު

ފޮރިންމިނިސްޓަރ ލަންކާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

އަލީ އިހްސާން

ފޮރިން މިނިސްޓަރ ލަންކާގެ ބޮޑުވަޒީރާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއަދު ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންގހަ އާ ބައްދަލު ކުރައްވައި ވިސާގެ މައްސަލަ އާއި ކައުންޓަރ ޓެރެރިޒަމްގެ މަައްސަލާބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އިއްޔެ ލަންކާ ސަރުކާރުން ވަނީ ލަންކާގައި ދިރިއުޅުން ބަދަލުކުރާ އެންމެންވެސް ކުރިއާލައި ރެސިޑެންޓް ވިސާ ނެގުމަށް އަންގައިފައެވެ.

ލަންކާގައި ދިރިއުޅެން ބޭނުންވާ ރެޒިޑެންސް ވިސާ ނެގުމުގެ އުސޫލުތަކަށް ބަދަލު އައި ނަމަވެސް ޓޫރިސްޓް ވިސާގެ އުސޫލަށް ބަދަލެއް ނާންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިންމިނިސޓަރ އަބްދުﷲ ޝާހިދު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެމަނިކުފާނުވަނީ، ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އާވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ޕާލަމެންޓާއި، ލެޖިސްލޭޓިވް އެޖެންޑާއާ ބެހޭގޮތުންވަނީ މަޝްވަރާ ކުރައްވައިފައެވެ.