ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން ފުށްޖެހި ކަވާބަކީ އަދިވެސް ގިނަ ގޭގޭގައި ކޮންމެ ދުވަހަކުހެން ބޭނުން ކުރާ ބާވަތެއްގެ މީރު ހެދިކާއެކެވެ.
މަސްގަނޑު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
2 ދަޅު މަސް
3 ޖޯޑު އަލުވި (ފެނު ކައްކާ ޗިސްކޮށްފައި)
1 ގިތެޔޮ މިރުސް (ކޮށާފައި)
1 ސައިސަމުސާ މުގުރި އަސޭމިރުސް
1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)
1 މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައި)
3 ފިޔާ (ކޮށާފައި)
3 ލުނބޯ
ހިކަނދިފަތް،
ލޮނު (ހެޔޮވަރު މިންވަރަށް)
ފުށްގަނޑަށް ބޭނުންވާ ތަކެތި.
3 ޖޯޑު ފުށް
3 ބިސް
1 ސައިސަމުސާ ލޮނު
1/2 ސައިސަމުސާ ރީނދޫ
1/2 ސައިސަމުސާ ބޭކިން ޕައުޑާ
ތައްޔާރުކުރާނެ ގޮތް:
ފިޔާ، މިރުސް، އަސޭމިރުސް، އިނގުރު، ލޮނުމެދު، ހުތް، ލޮނު ޖަހައިގެން މޮޑޭށެވެ. އެއަށްފަހު އޭގެ ތެރެއަށް މަސް އަޅައި މޮޑެލުމަށްފަހު އަލުވިތައް އަޅައި އެއްކޮށްލާށެވެ. ރަހަތައް ރަނގަޅުވަންދެން މޮޑެފައި މަސްގަނޑު އެއްކޮށްލާށެވެ.
ފުށްގަނޑު ތައްޔާރު ކުރުމަށް ފުށުގެ ތެރެއަށް ލޮނު، ރީނދޫ، ބޭކިން ޕައުޑަރު އަދި ބިސް ލާފައި އެއް ކުރާށެވެ.
މަސްގަނޑުން ކުދި މަސް ގުޅަ ހެދުމަށްފަހު ފުއްގަނޑުގެ ތެރެއަށް ލާށެވެ. ފުއްގަނޑު ހުންނާނީ ކޮންމެވެސް ވަރަކަށް އޮލަކޮށެވެ. ދެން އުނދުންމައްޗަށް ތެޔޮ ތާސް އުދާށެވެ. ފަހަރަކު ސަމުސަލުން ކަވާބެއް ނަގަމުންގޮސް ހޫނުކޮށްފައި ހުރި ތެޔޮ ތާހުގެ ތެރެއަށް ލާފައި ތެލުލާށެވެ.