މިމަހުގެ 14 ގައި ފަށާ ޔޫރޯ 2024 އާ ދިމާކޮށް އުރީދޫ މޯލްޑިވްސްއިން ރާވާފައިވާ ހާއްސަ ހަރަކާތްތައް ތައާރަފުކޮށްފިއެވެ.
އުރީދޫން މިރޭ ބުނީ ޔޫރޯއަށް ހާއްސަކޮށްގެން އެ ކުންފުނިން ތައާރަފުކުރާ ޕްރޮމޯޝަންތަކާއި މުބާރާތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް ޔޫރޯ ފުޓްބޯޅަ އީދަކީ ވެސް އުފާވެރި މަޖާ ސީޒަނަކަށް ވެގެންދާނެ ކަމަށެވެ.
ޔޫރޯ 2024 އަށް ހާއްސަ ސޮނީ ލިވް ޕެކްތަކެއް އުރީދޫން ވަނީ ތައާރަފުކޮށްފައެވެ. މީގެން އެއް ޕެކްގައި ސޮނީ ލިވްގެ މެމްބަޝިޕާއި 30 ދުވަހުގެ ވެލިޑިޓީއާއެކު 250 ރުފިޔާއަށް 100 ޖީބީ ހިލޭ ޑޭޓާ ހިމެނެއެވެ. މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމްކޮށްލެވޭނެއެވެ. މި ޕެކާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް މެޗު ބަލައިލެވޭނެއެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވޭނެއެވެ.
އުރީދޫގެ ސުޕާ އެޕްގައި ޔޫރޯއަށް ހާއްސަކޮށް ސްޕިން ދަ ވީލް އުރީދޫ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެ ދުވަހަކު އެއް ސްޕިން ލިބޭނެއެވެ. އަދި އުރީދޫ އެޕް މެދުވެރިކޮށް ޕެކް އެކްޓިވޭޓްކޮށްގެން އަދި އިތުރު ޓްރާންސެކްޝަންތައް ކޮށްގެން ސްޕިން ދަ ވީލް އަށް އިތުރު ޓިކެޓު ލިބޭނެއެވެ. ކަސްޓަމަރުންނަށް ދޭ އިނާމުތަކުގެ ތެރޭގައި މޫލީ ކޫޕަން، ޑޭޓާ ޕެކް، އެމް-ފައިސާ ކޭޝް-އިން ފަދަ ތަކެތި ހިމެނެއެވެ.
އުރީދޫ ސުޕައެޕް މެދުވެރިކޮށް "ގޭސް ދަ ސްކޯ" މުބާރާތެއްވެސް ކުރިއަށްދާނެއެވެ. ކޮންމެ މެޗެއްގެވެސް ވަކި ވަގުތެއްގެ ކުރިން މެޗުގެ ސްކޯ ދިމާކުރުމުގެ ފުރުރސަތު ހުޅުވާލެވޭނެއެވެ. އަދި ބައިވެރިވާ ފަރާތްތަކަށް އެކި އިނާމުތައް ވަނީ ހުށަހެޅިފައެވެ. މިގޮތުން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް ޕްލޭސްޓޭޝަން ކިޓެއް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ޕްލޭސްޓޭޝަން 5 ކޮންސޯލް ޑިސްކް ވާޝަން، ޕްލޭސްޓޭޝަން ޕޯޓަލް ރިމޯޓް ޕްލޭޔާ، ޕްލޭސްޓޭޝަން ވީއާރް އަދި ޕީއެސް5 ފީފާ 2024 ހިމެނެއެވެ.
ފެންޓަސީ ލީގަކީ ފުޓުބޯޅައަށް ޝައުގުވެރިވާ ގިނަ ބަޔަކު ވަރަށް ފޯރިއާއެކު ބައިވެރިވާ ލީގެކެވެ. ބައިވެރިންނަށް އެމީހުންގެ ޑްރީމް ޓީމުތައް އުފައްދައި 25،000 ރުފިޔާގެ ގްރޭންޑް އިނާމަށް ވާދަކުރެވޭނެއެވެ. މި ފެންޓަސީ ލީގުގެ ސަބަބުން ސަޕޯޓަރުންނަށް މި މުބާރާތުގައި އިތުރަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ" އަކީ 2 އޮން 2 ފީފާ ޕްލޭސްޓޭޝަން މުބާރާތާކެވެ. 30،000 ރުފިޔާގެ އިނާމު ޕޫލަކާއެކު ބާއްވާ މި މުބާރާތަކީ ވަރުގަދަ އަދި ވާދަވެރިކަމާއެކު ކުރިއަށްދާނެ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫރޯ ފެށުމުގެ ކުރިންނެވެ.
އުރީދޫގެ ޔޫރޯ 2024 ގެ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް ޔޫރޯގެ ފޯރި އިތުރުކޮށް ފުޓުބޯޅައަށް ލޯބިކުރާ ގިނަ ކަސްޓާމަރުންގެ މެދުގައި ހަރަކާތްތަކެއް ރޭވުމުގެ ގޮތުން ގެނެސްދެވޭ ކަންތައްތަކެއް ކަމަށް އުރީދޫން ބުންޏެވެ.
ޔޫރޯއާ ގުޅިގެން އުރީދޫން ތައާރަފުކުރާ ހަރަކާތްތަކުގެ އިތުރު މައުލޫމާތު ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓާމަރުންނަށް ފޯރުކޮށްދޭނެ ކަމަށް އުރީދޫން ބުންޏެވެ.