އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭ ޗެނަލް ސަރަހައްދު ބަންދުކުރަން ނިންމައިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިއަދު ބުނީ އެ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ.
އެ ގަޑީގައި އެ ސަރަހައްދުގައި ޖެޓްސްކީ ދުއްވުން، މޫދަށް އެރުން، ޑިންގީ ދުއްވުން އަދި އެ ސަރަހައްދަށް ވަނުން މަނާ ވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ސަރަހައްދު ބަންދުކުރަނީ އެ ކުންފުނީގެ މަސައްކަތަކަށް ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އެ ސަރަހައްދު ބަންދުކުރަން ނިންމީ އާންމުންނާއި އެ ސަރަހައްދުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.