ޚަބަރު

13 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

މަރިޔަމް ޝަހުދާ

އުމުރުން 13 އަހަރުގެ ކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ މއ. ފުނަ، އާއިޝަތު އީނާޝް ނަސީރެވެ. މި ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ އޭނާ ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

އީނާޝްއާ ގުޅެ އެއްވެސް މައުލޫމާތެއް ލިބޭ ފަރާތަކުން ވީހާވެސް އަވަހަށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޑިއުޓީ ނަންބަރ 3331510 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން އެދެއެވެ.