ޚަބަރު

ރޯދަމަހުގެ ތިންވަނަ ދުވަސް: ކަރަލާއި ކަނޑޫދޫ މިރުހުގެ އަގަށް ބަދަލެއް ނާދޭ

މުހައްމަދު އައުޒަމް

ރޯދަމަހުގެ ތިންވަނަ ދުވަހާ ބައްދަލުވި އިރު، ބާޒާރުމަތީގެ އަގުތައް ދެވަނަ ދުވަހެކޭ އެއްފަދައިން ބަދަލެއް ނާދެއެވެ.

ބާޒާރުގެ އަގުތަކަށް ބަލާ އިރު، ރޯދަމަހުގައި ފަނި ގިރުމަށް ދިވެހިން އާންމުކޮށް ބޭނުން ކުރާ ބާވަތްތަކުގެ ތެރެއިން ކަރަލާއި ކުރުނބާގެ އަގު ވަކި ހެވެއް ނުވެއެވެ. ކަރާ ކިލޯއެއް 35ރ އަށް ހުރި އިރު، ކުރުނބާ ލިބެނީ 15ރ، 20، 25ރ އަށެވެ. 1.5 ލީޓަރު ފުޅިއެއްގެ ކުރުނބާ ފަނި ލިބެން ހުރީ 100ރ އަށެވެ.

ރޯދަމަހު އެންމެ އަގުބޮޑުވި ކަނޑޫދޫ މިރުސް މިއަދުވެސް ލިބެން ހުރީ 750ރ، 850ރ އަށް ކިލޯގެ ރޭޓުންނެވެ. ބަދަލެއް ނާދެއެވެ. ދިވެހި މިރުހުގެ އަގު ބޮޑުވުމާއެކު ދިވެހިން މިސްރާބު ޖަހަން ފެށީ ބޭރު މިރުހަށެވެ. އެގޮތުން މިއަދު ބާޒާރުމަތިން އަލަށް ލަންކާ ގިތެޔޮ މިރުސް ފެނުނެވެ. 150ރ އަށް ކިލޯއެއް ވިއްކަން ހުރި އިރު، މި މިރުހުގެ އަގު ކުރިއަށް ހުރި ދުވަސްތަކުގައި ހެޔޮވާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މިއަދު ހެނދުނު 11:00 ހާއިރު ބާޒާރުގެ އަގުތައް:

1. ކަރާ 30ރ ކިލޯ
2. ލެޓިޔުސް 150ރ ކިލޯ
3. ތޮޅި މިރުސް 150ރ ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 750ރ ، 850ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 25ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާށްޓެއް 8ރ އާއި 20ރއާ ދެމެދު
9. ގަބުޅި 15ރ އާއި 20ރއާ ދެމެދު
10. ކުރުނބާ 20 އަދި 25ރ
11. ފޭރު 65ރ ކިލޯ
12. ފެޝަން ފުރުޓް 80ރ ކިލޯ
13. ބީންސް 80ރ ކިލޯ
14. ޓޮމާޓޯ 50ރ ކިލޯ
15. ފޭރު 70ރ ކިލޯ
16. ކޮޕީ ފަތް 15ރ ބޮނޑިއެއް
17. ކަންކުން ފަތް 10ރ ބޮނޑިއެއް
18. ކުއްޅަފިލާ ފަތް 15ރ ބޮނޑިއެއް
19. ކެޕްސިކަމް 60ރ ކިލޯ
20. ލަންކާ ކުޅިމިރުސް 150ރ ކިލޯ
21. ދިވެހި އަނބު 100ރ ބައެއް
22. ބޭރު އަނބު 70ރ ކިލޯ
23. ޖަނބުރޯލު 100ރ ބައެއް

މަސް:
1. ގޮދާ 35ރ ކިލޯ
2. ކުދި ލައްޓި 20ރ
3. ކަންނެލި 35ރ ކިލޯ
4. ބޮޑު ކަންނެލި 45ރ ކިލޯ
5. ދޮން ނޫމަސް 20ރ އަށް 5 މަސް
6. މުށިމަސް 20ރ އަށް 6 މަސް
7. މާނިޔާމަހެއް 70ރ.
8. ރިއްމަސް 20ރ އަށް 3 މަސް
9. ރަތްމަސް 150ރ އާއި 500ރ އާ ދެމެދު