ޚަބަރު

ގިނަ އަދަދެއްގެ ފައިސާ ފޭރުނު ބަޔަކު ހައްޔަރުކޮށްފި

ފާތިމަތު ލިޔުޝާ

ހިޔާ ފްލެޓު ކައިރިން މީހެއް އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭއްގެ އެޗް-1 ކައިރީ މީހަކު އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭ ކަމަށް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެއީ 32 އަހަރުގެ ދެ މީހުންނާއި 36 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެކެވެ. އެ އެންމެނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

އެކަން އިތުރަށް ބެލި އިރު، ހިފަހައްޓާފައި ތިބި މީހުން އެކި ފަހަރު މަތިން އެހެން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.