އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޕެނީ (އެމްޓީސީސީ) އިން ރައްޔިތުނަށް ފޯރުކޮށްދޭ ބަހުގެ ހިދުމަތާއި ފެރީގެ ދަތުރުތަކަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
އެމްޓީސީސީން އިއްޔެ ބުނީ "ޓެޕް އެންޑް ގޯ" ފީޗާ އިން އެމެރިކަން އެކްސްޕްރެސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ބަހާއި ފެރީގެ ޓިކެޓަށް މިހާރު ފައިސާ ދެއްކޭނެ ކަމަށެވެ.
ކޭޝް ކާޑު ބޭނުންކޮށްގެން އާރްޓީއެލް ބަސް ޓިކެޓު ނެގޭނެ އިންތިޒާމު ހަމަޖެއްސީ 2023 ގެ ޖެނުއަރީގައެވެ. އެގޮތުން މާސްޓާކާޑާއި ވިސާ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ބަހަށް ފައިސާ ދެއްކޭ ގޮތް ހަމަޖެއްސިއެވެ.
ބަސްދަތުރު ތަކުގައި މިހާރު ތިން ގޮތަކަށް ފައިސާ ދެއްކެއެވެ. އެއީ ނަގުދު ފައިސާ އާއި އެ ކުންފުނީގެ ވެބްސައިޓުން ޓިކެޓް ރިޒަވޭޝަނުން ފައިސާ ދެއްކުމުގެ އިތުރުން ކޭޝް ކާޑު ބޭނުންކޮށްގެނެވެ.
ބަހުގެ ހިދުމަތް ހޯދާ 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކެމުން ހިލޭ ދަތުރުކުރެވެއެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެންސްޕާ ކާޑު ބޭނުންކުރެވެއެވެ. އަދި ޔުނިފޯމްގައި ތިބޭ ސްކޫލް ދަރިވަރުންނާއި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުން ކޮލެޖް ނުވަތަ ޔުނިވާސިޓީ ކާޑު ދެއްކުމުން ބަސް އަދި ފެރީގައި ހިލޭ ދަތުރު ކުރެވެއެވެ.
މާލެ ސަރަހައްދުގައި ދުއްވާ ބަސްތަކަކީ ޑިމާންޑު ބޮޑު އުޅަނދެކެވެ. ކޮންމެ ދުވަހަކުވެސް ޕީކްގަޑިތަކަކީ ކޮންމެ 15 މިނެޓަކަުން އެމްޓީސީސީގެ ބަހުގެ ހިދުމަތް ލިބޭ ވަގުތުތަކެކެެވެ.