ޚަބަރު

މަޝްހޫރު ބްރޭންޑް ތަކާއެކު ލައިފްސަޕޯޓްގެ އާފިހާރަ "ސަފަޔާ" ހުޅުވައިފި

މުހައްމަދު އައުޒަމް

މަޝްހޫރު ބްރޭންޑް ތަކާއެކު ލައިފްސަޕޯޓްގެ އާފިހާރަ ހުޅުވައިފިއެވެ.

ރޭ ސޯސަންމަގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލައިފް ސަޕޯޓްގެ އާފިހާރަ "ސަފަޔާ" ހުޅުއްވައި ދެއްވައިފައިވަނީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާއެވެ.

ލައިފް ސަޕޯޓްގެ އާފިހާރަ "ސަފަޔާ"އާ ބެހޭގޮތުން ވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ޖެނެރަލް މެނޭޖަރ އަބްދުﷲ މައުމޫން ވިދާޅުވީ މިފިހާރަ ހާއްސަވެގެން ދަނީ ސްޕެސިފިކްކޮށް ފާމަސީ އައިޓަމްގެ އިތުރުން ބްރޭންޑެޑް ޕާސަނަލް ކެއަރ ޕްރޮޑަކްޓާއި ވެލްބީންގ މޭކަޕުގެ އޮރިޖިނަލް ޕްރޮޑަކްޓްތައް ލިބެން ހުރުމުން ކަމަށެވެ.

މައުމޫން އިތުރަށް ވިދާޅުވީ "ސަފަޔާ" ގައި ހުރިހާ ފަންތިއެއްގެ މީހުންނަށް ބޭނުންވާނެ ޕްރޮޑަކްޓް ލިބެން ހުންނާނެ ކަމަށެވެ. އަދި ރާއްޖެއިން ލިބެން ނުހުންނަ ޕްރޮޑަކްޓެއް ބޭނުންވާ ފަރާތްތަކުން ރިކުއެސްޓް ކުރުމުން "ސަފަޔާ" އިން އެ ޕްރޮޑަކްޓެއް ހޯދުމަށް އެހީތެރި ވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލައިފް ސަޕޯޓްގެ އާފިހާރަ "ސަފަޔާ" މިރޭ ހުޅުވުމާއެކު ރޯދަމަސް ނިމެންދެން އެފިހާރައިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް %10 އާއި %15 އާދެމެދުގެ ޑިސްކައުންޓް ލިބޭނެ އެވެ.

މައުމޫން ވިދާޅުވީ މުސްތަގުބަލުގައި ލައިފްސަޕޯޓުގެ އިތުރު ފިހާރަތަކެއް ހުޅުވިގެން ދާނެކަމަށާއި ހައްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ލައިފްސަޕޯޓުގެ ފިހާރަތައް ފުޅާވެގެންދާނެ ކަމަށެވެ.

ދެހާސް އެގާރަ ވަނަ އަހަރު ފެށި ލައިފްސަޕޯޓުން އަންނަނީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ފާމަސީ ޕްރޮޑަކްޓްތައް ސަޕްލައިކޮށްދެމުންނެވެ. ލައިފްސަޕޯޓުގެ ހަތަރު ފާމަސީއެއް ހުރެއެވެ. ފ. ނިލަންދޫގެ އިތުރުން މާލޭގައި ފާމަސީ ހުންނައިރު ރޭ ހުޅުވި ފިހާރައާ އެކު ލައިފްސަޕޯޓުގެ ވަނީ އިތުރަށް ފުޅާކޮށްފަ އެވެ.