ބިއުޓީ

ރޭކާގެ ބިއުޓީ ސީކްރެޓްސް

1

ލެޖެންޑަރީ ބަތަލާ ރޭކާ އަކީ އޭނާގެ އުމުރާ ބަލާފައި މިހާރުވެސް ވަރަށް ޒުވާންކޮށް ފެންނަ ތަރިއެކެވެ.

ރޭކާއަށް ގުދުރަތީގޮތުންވެސް ރީތި ހަމެއް ލިބިފައިވާއިރު، ރީތިކަން ދަމަހައްޓަން އޭނާވެސް ވަރަށް މަސައްކަތް ކުރާކަމަށްވެއެވެ. މިހާރު އުމުރުން 64 އަހަރުވެފައިވާ ރޭކާ މިވަނީ އޭނާގެ ބިއުޓީ ސީކްރެޓްސްތައް ހިއްސާ ކޮށްފައެވެ.

  • ކްލެންސިން ޓޯނިން އަދި މޮއިސްޗަރައިޒިން (ސީއެމްޓީ) އަކީ ހަންގަނޑު ރީތިކޮށް އޮމާންކޮށް ޒުވާންކޮށް ބެހެއްޓުމަށް ރޭކާ ގަވައިދުން ކުރާ ކަންކަމެވެ. ރޭކާ ބުނި ގޮތުގައި ނިދުމުގެ ކުރިން ގަވައިދުން މޭކަޕް ފުހެ މޫނު ސާފުކޮށް ދޮވުމަކީ ކޮންމެހެންވެސް ކުރާކަމެކެވެ.
  • ހަމުގެ އިތުރުން ރޭކާގެ ވަރުގަދަ އިސްތަށިގަނޑަށް ވެސް ގިނަ ބަޔަކު ތައުރީފު ކުރެއެވެ. އިސްތަޑިގަނޑު ރީތިކޮށް ބޭއްވުމަށް ރޭކާ ބޭނުން ކުރަނީ ގޭގައި ތައްޔާރު ކުރާ ހެޔާ ޕެކްއެކެވެ. މި ޕެކް ހަދަނީ ޔޯގަޓް، މާމުއި އަދި ބިހުގެ ހުދުބައި ބޭނުންކޮށްގެންނެވެ. މީގެ އިތުރުން ހެޔާޑްރަޔާ، ކާލާސް، ސްޓްރައިޓްނާސް އަދި އާޓިފިޝަލް އެއްވެސް ޕްރޮޑަކްޓެއް އިސްތަށިގަނޑުގައި ބޭނުން ކުރަނީ ކޮންމެހެން ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައެވެ.
  • ރޭކާގެ އުޖާލާ ހަންގަނޑުގެ ސިއްރަކީ ދުވާލަކު މަދުވެގެން 10 -12 ތަށި ފެންބުއިން ކަމުގައި ވެއެވެ. މިއީ ހަންގަނޑު ހައިޑްރޭޓްކޮށް ޑީޓޮކްސިފައިކޮށްދޭ ކަމެކެވެ.
  • ރޭކާއަކީ ސައުތް އިންޑިއަންއެކެވެ. އެ ހިސާބުގައި ވަރަށް ގިނަ ބާވަތުގެ ކާނާތައް ބޭނުންކުރާއިރު ރޭކާ ވަނީ ވަކި ޑައިޓެއް ފޮލޯކުރުމަށް އާދަކޮށްފައެވެ. ރޭކާގެ ޑައިޓުގައި ޖަންކްފުޑެއް ނުހިމަނައެވެ. ގޭގައި ތަރުކާރީ ވީހާވެސް މަދުން ތެލާއި ސްޕައިސް އަޅައިގެން ތައްޔާރު ކުރުމަށްފަހު ދެ ރޮއްޓާއި އެއް ތަށި ކާޑްއާއެކު ކެއުމަކީ އޭނާގެ ފޭވަރިޓް އެއް ކެއުމެވެ. މީގެ އިތުރުން އެންމެ ލަސްވެގެންވެސް ރޭގަނޑު 7:30ގެ ކުރިން ކެވޭތޯ ރޭކާ ބަލައެވެ.
  • ފިޓްނަސް ފްރީކެއްގެ ގޮތުގައި ރޭކާ ބަލައިގެންފައިވާއިރު ޔޯގާ އަކީވެސް އޭނާ ގަވައިދުން ކުރާ ކަމެކެވެ. މީގެ އިތުރުން ނަފްސާނީ ގޮތުންވެސް މީހާ ޕޮޒިޓވްކޮށް ހުރުމުގެ ގޮތުން މެޑިޓޭޝަން އަކީވެސް ރޭކާ ކުރާ ކަމެކެެވެ.
ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟