ޚަބަރު

ޔޫރޯއާ ދިމާކޮށް އެމްޓީސީސީން ސުޒުކީ އުފެއްދުންތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް

ފާތިމަތު ލިޔުޝާ

އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް އެމްޓީސީސީގެ ސުޒުކީ އުފެއްދުންތަކުން ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

'އެމްޓީސީސީ ފުޓުބޯޅަ ފޯރި' ޕްރޮމޯޝަން ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު އެމްޓީސީސީ ކަށަވަރު ޝޯރޫމުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

ހަފުލާގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، އެމްޓީސީސީގެ އަބަދުވެސް އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދީ، ކަސްޓަމަރުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުން ކަމަށެވެ.

އެފަދަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާ އިން އެމްޓީސީސީގެ ތަކެތި ހެޔޮއަގުގައި ވިއްކުމާއި މެއިންޓެނެންސްއާބެހޭ މައުލޫމާތު ދިނުމަކީ ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމްޓީސީސީ ސުޒުކީ ފުޓްބޯޅަ ފޯރަ ޕްރޮމޯޝަންގެ ދަށުން މި މަހުގެ 15 އިން 15 ޖޫން އަށް ސުޒުކީ އިންޖީނާއި ސްޕެއާ ޕާޓްސްގެ އިތުރުން އަޑީތެލާއި ގިޔަރު ތެޔޮ އަދި ނެރޯ އައުޓްބޯޓުގެ ސްޓިއަރިން ސިސްޓަމުން ޑިސްކައުންޓް ލިބޭނެއެވެ.