ޚަބަރު

މާލެ އާއި ހުޅުލެ މޮނޮރެއިލްއިން ފުނަދޫއާ ގުޅާލުމުގެ މަސައްކަތް ވަނީ އިފްޒާއާ ހަވާލުކޮށްފައި: ސައީދު

އިބްރާހިމް ޒަކީ

ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކ. ފުނަދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މާލެ ވަން ޓްރެކް މޮނޮރެއިލްއިން ގުޅާލުމުގެ މަސައްކަތް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާ ހަވާލުކޮށް އެ ފަރާތާ އެކު ސޮއިކުރައްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ފުނަދޫގައި ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ފުނަދޫ މާލެ އަދި ހުޅުލެއާ ގުޅާލަނީ ސިންގަލް ޓްރެކް މޮނޮރެއިލްއަކުން އެ މަސައްކަތްތައް ފައިނޭންސް ކުރުމަށް ވަނީ ބަޔަކާ ހަވާލު ކުރެވިފައި، އެކަމަށް އިންޓަނޭޝަން ފްރީޒޯން އޮތޯރިޓީއާ އެކު ސޮއިކޮށްފައިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ފުނަދޫ ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އިރު، އެތަނުގެ ފިޒިކަލް އިންފްރާންސްޓްރަކްޗާ ވަރަށް މުހިއްމު ކަމަށެވެ.

"އެހެންވީމަ ފުނަދޫގައި ފިޒިކަލް އިންފްރާންސްޓްރަކްޗާ ގާއިމް ކުރުމަށްޓަކައި އެންމެ ޒަމާނީ އިމާރާތެއް ފުނަދޫގައި ގާއިމް ކުރުުގެ މަސައްކަތް ކުރުމަށް ބަޔަކާއެކު ވަނީ ސޮއިކުރެވިފައި އެއީ އިންޓަނޭޝަން ފްރީޒޯން އޮތޯރިޓީއާއެކު،"

މިނިސްޓަރު ވިދާޅުވީ، އެކަމަށްޓަކައި، ފުނަދޫގައި މިހާރު ގާއިމް ކޮށްފައިހުރި ފިއުލް ސްޓޯރޭޖް މާލޭ ކައިރިން ތަނެއް ހިއްކައިގެން އެތަނަށް ބަދަލު ކުރުުގެ މަސައްކަތްވެސް ބަޔަކާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތައް ރައީސް ޑރ. މުހައްމަދު މުއިއް×ު ވިދާޅުވެފައިވާ 18 މަސް ދުަހުގެ ތެރޭގައި ކުރާ ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ.