ވެމްކޯ

މިމަހު ކުނި އުކާ ފަރާތްތައް އިތުރުވާނެތީ ރަޖިސްޓްރީކުރަން އިލްތިމާސްކޮށްފި

އެހެން މަސްތަކާ ހިލާފަށް ރަމަޟާން މަހު ކުނި އުކާ ފަރާތްތައް އިތުރުވާނެތީ ކުނި އުކަން ރަޖިސްޓްރީ ކުރުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.

''ވަންއޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުނި އުކަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް އަބަދުވެސް އިލްތިމާސްކުރަމުން އަންނަ ކަމަށާއި ރޯދަމަހު ރަޖިސްޓްރީ ކުރުމަށް އަނެއްކާވެސް ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ.

ވެމްކޯގެ ހެޑް އޮފީހުން ކުނިއުކަން ރަޖިސްޓްރީ ކުރެވޭއިރު އޮންލައިންކޮށް ވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގޭބިސީތަކާއި ވިޔަފާރިކުރާ ތަންތަނުގައި އުފެދޭ ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރަން ވެމްކޯގެ ވެބް ސައިޓުގެ ރިސޯސް ޓެބުގައިވާ ރަޖިސްޓްރޭޝަން ފޯމު ޑައުންލޯޑުކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އަދި ފޯމު ފުރިހަމަކުރުމަށްފަހު އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ ކަސްޓަމަރ ފްރަންޓް އޮފީހަށް ހުށަހެޅުމަށް ވެމްކޯއިން އިލްތިމާސްކޮށްފައިވެއެވެ.

މީގެއިތުރުން އޮންލައިންކޮށް ވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.