ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އޮފިޝަލުން އަދާރަން ރިސޯޓުގެ އިސް އޮފިޝަލުންތަކަކާ ބައްދަލުކޮށްފި އެވެ.
އެންސީޓީސީން ބުނިގޮތުގައި އަދާރަން ރިސޯޓުގެ އިސް އޮފިޝަލުން ތަކަކާ ބައްދަލުކޮށްފައި މި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސަލާމަތީ ކަންކަމާ ގުޅިގެން މަޝްވަރާކުރުމަށެވެ. އެގޮތުން މިހާރު ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ސަލާމަތީ ކަންކަމާމެދު އެންސީޓީސީން މިއަދު އަދާރަން ރިސޯޓާއެކު މަޝްވަރާކޮށްފައިވާއިރު، ޓެރަރިޒަމާއި ގުޅުންހުރި އެއްވެސް ކަމެއް ފެނިއްޖެނަމަ އެ އިދާރާއަށް ރިޕޯޓުކުރުމަށް މިދިޔަ ހުކުރު ދުވަހު އެންސީޓީސީއިން ވަނީ އެދެފައެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ އަދާރަން ރިސޯޓުން އެދިގެން ކަމަށް ވެސް އެންސީޓީސީން ބުނެ އެވެ.