ޚަބަރު

ބޭރު ގައުމުތަކުގައި އުޅޭ ދިވެހިން އެ ގައުމުތަކުގެ ގާނޫނުތަކަށް ބޯލެނބުމަށް އެދިއްޖެ

ބޭރު ގައުމުތަކުގައި ދިރިއުޅެމުން އަންނަ ދިވެހިން އެ ގައުމުތަކުގެ ގާނޫނުތަކަށް ބޯލެނބުމަށް ފޮރިން މިނިސްޓްރީން އެދިވަޑައިގެންފިއެވެ.

ސްރީ ލަންކާ އަށް ގަވާއިދާ ހިލާފަށް އެތެރެކުރި ސިނގިރޭޓް ބޭނުންކޮށްގެން، މިމަހުގެ ފަސްވަނަ ދުވަހު، ތިން ދިވެހީން އެ ގައުމުގެ ފުލުހުން ހައްޔަރުކުރި މައްސަލައާ ގުޅިގެން، ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ކޮމިއުނިކޭޝަން މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، ބޭރުގެ އެކި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ އަމަލުތައް ބަހައްޓަން ޖެހޭނީ އެ ގައުމުތަކުގެ އިދާރާތަކުން އަންގާ ގޮތްތަކާ އެއްގޮތަށް ކަމަށެވެ.

މިމަހުގެ ފަސްވަނަ ދުވަހު އަވަށްޓެރި ސްރީލަންކާއިން ތިން ދިވެހިން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް އެ ގައުމަށް އެތެރެކުރި ސިނގިރޭޓު ބޭނުން ކުރަނިކޮށެވެ.

ނަމަވެސް ފަހުން އެ ތިން މީހުން ވަނީ ދޫކޮށްލައިފަ އެވެ.

ކޮންމެ ދުވަހަކު އެތައް ދިވެހިންނެއް ލަންކާއަށް ދަތުރުކުރާއިރު، އެގައުމަށް އެތެރެވާ މީހުން ސިނގިރޭޓް އެތެރެކުރުމަކީ ލަންކާގެ ކަސްޓަމްސް ގަވާއިދުގައި މަނާކޮށްފައި އޮންނަ ކަމެކެވެ.