ޚަބަރު

ލުތުފަރު މަރާލި މައްސަލައިގައި އިތުރު ދެމީހަކު ހައްޔަރުކޮށްފި

އަލީ އިހްސާން

ށ. ޅައިމަގުން މާލެ ދަތުރުކުރާ "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުންގެންދިޔަ ލުތުފަރު މަރާލި މައްސަލައިގައި އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ.

"ވަންއޮންލައިން" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ހައްޔަރުކޮށްފައިވާ މީހުންގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ހުސްވި، އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ޅައިމަގުން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާގެ މައްސަލައިގައި، ފުލުހުންގެ ތަހުގީގުން ހޯދި މައުލޫމާތުގެ އަލީގައި، ގެއްލުނު ލުތުފަރު ކިޔާ ބިދޭސީ މީހާ އޮތްކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދަށް ފުލުހުން ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑުގެ ބައިތައް ކަމަށްބެލެވޭ، އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައި ވަނީ އެ ސަރަހައްދުގެ މޫދު އަޑިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ، އެ ބިދޭސީ މީހާ ގެއްލުނުކަން އެނގުނީ ބޯޓު މާލެއިން ފުރަންވެގެން މީހުން ހަމަތޯ ބޯޓުގެ ކެޕްޓަން ބެލިއިރު އެ ބިދޭސީ މީހާ ބޯޓުގައި ނެތުމުން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، މެއި 22 ވަނަ ދުވަހުގެ 12:17 އެހާކަންހާއިރު ކަމަށެވެ.