ޚަބަރު

ރައީސް ނަޝީދު ބާޒާރަށް!

އަލީ އިހްސާން

2

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބާޒާރުމައްޗަށް ޒިޔާރާތް ކުރައްވައިފިއެވެ.

މިއަދު ހަވީރު ބާޒާރުމައްޗަށް ވަޑައިގެން ބާޒާރުމަތި ބައްލަވައިލެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ މިއަދު ހަވީރު ބާޒާރުމަތީގައި ބައެއް ދަތިތައް ހުރި ނަމަވެސް މިއީ ކާމިޔާބު މުލަރޯދައެއް ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ ޓުވީޓު ކުރެއްވި ނަމަވެސް އެމަނިކުފާނަށް ކުރިމަތިވި ދަތިތަކުގެ ތަފުސީލެއް ހާމައެއް ނުކުރައްވައެވެ. ބާޒާރުމައްޗަށް ވަޑައިގެން މާރުކޭޓުގެ އެކި ގޮޅިތަައް ބައްލަވާލައްވައި ނެންގެވި ފޮޓޯތައް ވެސް އެމަނިކުފާނު ވަނީ ހިއްސާކުރައްވައިފައެވެ. މީގެ އިތުރުން މަސްމާރުކޭޓަށް ވަޑައިގެން ރައީސް ނަޝީދު އެތަން ވެސް ބައްލަވައިލައްވާފައިވެއެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓް

ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ނިމުނު އިރު، ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިވަނީ ތެކެތީގެ އަގުބޮޑުވުމެވެ. އެގޮތުން ދިވެހިން އެންމެ ގިނައިން ރަމަޟާންމަހު ބޭނުން ކުރާ ކަރާ ކިލޯއެއް ލިބެން ހުރީ 50ރ އަށެވެ. އަދި ދިވެހި ގިތެޔޮ މިރުސް ކިލޯއެއް ހުރީ 1000ރ އަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟