ޚަބަރު

ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅަ އެއްބައި ވަނީ މަރުވެފައި!

އަލީ އިހްސާން

ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅަ އެއްބައި މަރުވެފައިވާ ކަމަށް ނަސްލާއި ގުދުރަތީ މާހައުލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ހާލަތު ދައްކުވައިދޭ ދުނިޔޭގެ ފެންވަރުގެ ފުރަތަމަ "ގްލޯބަލް އެސެސްމަންޓް އޮފް ބަޔޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސާވިސަސް" ރިޕޯޓުގައި ބުނެފިއެވެ.

އދ.ގެ ތެރެއިން 2012 ވަނަ އަހަރު ވުޖޫދުވި "އިންޓަރ ގަވަމަންޓަލް ސައިންސް ޕޮލިސީ ޕްލެޓްފޯމް އޮން ބަޔޯޑައިވާސިޓީ އެންޑް އީކޯސިސްޓަމް ސާވިސަސް" (އިޕްބެސް) އިން މިއަދު ނެރެފައިވާ މި ރިޕޯޓަކީ، ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ މާހައުލުތަކާއި އެއިން ލިބިދޭ ހިދުމަތްތަކާ ގުޅޭގޮތުން މިހާތަނަށް ދުނިޔޭގެ ފެންވަރުގައި ހެދުނު އެންމެ ފުރިހަމަ އަދި އެންމެ ބޮޑު ރިޕޯޓެވެ.

މި ރިފޯޓުގައި ބުނާގޮތުން މިހާރު ދުނިޔޭގެ ފަރުތައް ނެތިދާ ނިސްބަތުގައި ނެތިގެންދާނަމަ ކައިރި މުސްތަގުބަލެއްގައި ފަރުތަކުގެ 90 އިންސައްތަ މަރުވާނެ ކަމަށެވެ. ދުނިޔޭގައި މިހާރު އުޅޭ ދިރޭތަކެތީގެ ތެރެއިން 25 ބާވަތް ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާ ކަމަށް މިރިޕޯޓުގައި ބުނެފައިވެއެވެ. މި ތެކެތީގެ ނަސްލު ނެތި ދިއުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި، މޫދާއި ބިން ބަދަލުކުރުމުގައި އަންނަ ބަދަލުތަކާއި ސީދާގޮތެއްގައި ދިރޭތަކެތީގެ ބޭނުންހިފުމާއި މޫސުމަށް އަންނަ ބަދަލުތަކާއި މާހައުލީ ތަޣައްޔަރުކަމާއި މާހައުލަށް އަލަށް ތައާރަފް ކުރެވޭ ދިރޭތަކެތީގެ ނަސްލަކުން ލިބޭ ގެއްލުން ހިމެނެއެވެ.

މި ރިޕޯޓުގައި ބުނާގޮތުން މޫދުގެ މާހައުލަށާއި ކަނޑުގެ ދިރުންތަކަށް އެންމެ ބޮޑަށް ގެއްލުން ލިބެނީ ސީދާގޮތުން ދިރޭ ތަކެތީގެ ބޭނުން ހިފުން ނުވަތަ ތަފާތު ބާވަތް ބާވަތުގެ މަސްވެރިކަމުންނެވެ. އެގޮތުން މޫދަށް ލިބޭ ގެއްލުންތަކުގެ 29 އިންސައްތަ ހިއްސާކުރަނީ މަސްވެރިކެމެވެ.

މި ރިޕޯޓުތައް އެކުލަވާލާފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ 200 އަށްވުރެ ގިނަ ސައިންޓިސްޓުން ހިމެނޭ ޓީމަކުންނެވެ.