ޗައިނާ އިން މި އަހަރުގެ މިހާތަނަށް އައި 95،000 ފަތުރުވެރިންނާ އެކު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ އަދަދު 850،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 850,971 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރު އައި 765,134 މީހުންނާ އަޅައި ބަލާނަމަ 11.2 ޕަސެންޓުގެ އިތުރު ވުމެކެވެ.
މި ވަގުތު ރާއްޖޭގެ އެއް ވަނަ ފަތުރުވެރިކަމުގެ މާކެޓުގެ ގޮތުގައި އޮތީ ޗައިނާއެވެ. މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ގައުމުން 95,263 މީހުން ވަނީ އައިސްފައެވެ.
މިހާރު ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު އަންނަނީ 6,078 ފަތުރުވެރިންނެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި 7.8 ދުވަހު މަޑުކުރެއެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.