ގދ. އަތޮޅުގައި އޮންނަ ރަފުލްސް މޯލްޑިވްސް ނަމަކަށް ކިޔާ ރިސޯޓަކުން ކަޔަކްއެއްގައި މޫދަށް ފޭބި މީހާ ފެނިއްޖެއެވެ.
އެމީހާ ގެއްލިގެން އުޅޭ ކަމުގެ ހަބަރު ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ މެންދުރުފަހު 3:30 އެހާކަށް ހާއިރެވެ.
ގެއްލިގެން ހޯދަމުންދިޔައީ އެ ރިސޯޓުގެ ދޯންޏެއްގައި މަސައްކަތްކުރާ ބަންގްލަދޭޝް މުވައްޒަފެކެވެ.
ފުލުހުން މިއަދު ބުނީ އެ މީހާ މިއަދު ރިސޯޓަށް ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.