އެތެރޭގެ އުދުހުންތަކުގައިވެސް އަތްދަބަހުގައި ދިޔާ ތަކެތި ގެންދެވޭނެ ގޮތްތަކެއް ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީގެ ރެގިއުލޭޓަރު، ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ދާސާ) އިން ކަނޑައަޅައިފިއެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ދާސާ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އަތްދަބަހުގައި ދިޔާތަކެތި ގެންދެވޭނީ:
ދާސާ އިން ބުނީ، ދަތުރު މަތީގައި ބޭނުންވާ ވަރަށް ކުޑަކުދިންގެ ދިޔާ ކާނާ އަދި ޑޮކްޓަރީ ބޭސް ގެންދެވޭނެ ކަމަށެވެ.
ދާސާގެ ޕޯސްޓުގައި އެގޮތަށް އަމަލުކުރަން ފަށަން ނިންމާފައިވާ ތާރީހެއް ނުބުނެއެވެ.
ނަމަވެސް ބައެއް ޑޮމެސްޓިކް އެއާލައިންތަކުގެ އޮފިޝަލުން ވަނީ މާދަމާ އިން ފެށިގެން އެ އުސޫލަށް އަމަލުކުރަން ދާސާ އިން އަންގާފައިވާކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.