ޚަބަރު

ޅައިމަގު ބޯޓުން ގެއްލުުނު ބިދޭސީ މީހާގެ ހަށިގަނޑުގެ ބައިތަކެއް ކަނޑުން ފެނިއްޖެ

އިބްރާހިމް ޒަކީ

ށ. ޅައިމަގުން މާލެ ދަތުރުކުރާ "ކުރިމަގު" ބޯޓުން ގެއްލުުނު ބިދޭސީ މީހާގެ ހަށިގަނޑުގެ ބައިތަކެއް ކަނޑުން ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އުސްވި އޭޕްރީލްމަހުގެ 22 ވަނަ ދުވަހު ޅައިމަގުން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާގެ މައްސަލައިގައި، ފުލުހުންގެ ތަހުގީގުން ހޯދި މައުލޫމާތުގެ އަލީގައި، ގެއްލުނު، ލުތުފަރު ކިޔާ ބިދޭސީމީހާ އޮތްކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދަށް ފުލުހުން ޑައިވްކޮށްގެން ބަލާފައިވާކަމަށެވެ.

އަދި އެމީހާގެ ހަށިގަނޑުގެ ބައިތައް ކަމަށްބެލެވޭ، އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައި ވަނީ އެ ސަރަހައްދުގެ މޫދު އަޑިން ންކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުސްވި އޭޕްރީލަމްހުގެ 22 ވަނަ ދުވަހު އެމީހާ ގެއްލުނު މައްސަލައާ ގުޅިގެން "ކުރިމަގު" ބޯޓުގައި މަސައްކަތްކުރާ ބަނގްލާދޭޝް ދެ މީހަކު މީގެކުރިން ވަނީ ހައްޔަރު ކޮށްފައެވެ.

އޭރު ފުލުހުން ބުނެފައިވަނީ، އެ ބިދޭސީމީހާ ގެއްލުނުކަން އެނގުނީ ބޯޓު މާލެއިން ފުރަންވެގެން މީހުން ހަމަތޯ ބޯޓުގެ ކެޕްޓަން ބެލިއިރު އެ ބިދޭސީ މީހާ ބޯޓުގައި ނެތުމުން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، މެއި 22 ވަނަ ދުވަހުގެ 12:17 އެހާކަންހާއިރު ކަމަށެވެ.