ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވުމާއި ގުޅިގެން އެޗްއާރުއެމްސީގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) ހަރަކާތްރެރިވާން ފަށައިފި އެވެ.
އެޗްއާރުސީއެމް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މީހާ ނިޔާވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާދެނިކޮށްކަމަށެވެ. އަދި އެޗްއާރުސީއެމްގެ ރެޕިޑް ރެސްޕޮންސް ޓީމުންމިމީހާގެ މަރުގެ މައްސަލަ މިހާރު ބަލަމުންދާކަމަށް ވެސް ބުނެފައިވެއެވެ.
ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ އެ މިމީހާ އަކީ ދައުލަތުގެ ބެލުމުގެ ދަށުން ގުރައިދޫގައި ހުންނަ ހޯމް ފޯރ ޕީޕަލް ވިތް ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން) ގައި ހުރި މީހެކެވެ.