މާލެ ސަރަހައްދުގެ ސްކޫލުތަކަށް ކުދިން ވެއްދުމަށް އެޑިއުކޭޝަން މިނިސްޓްރީން ދިން މުއްދަތު އިތުރުކޮށްފިއެވެ.
މި މަހުގެ 26 ގައި ފަށާ އާ ދިރާސީ އަހަރަށް، މާލޭ ސަރަހައްދުގެ ސްކޫލުތަކަށް އަލަށް ވެއްދުމަށް އަދި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް ފޯމް ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ދިން މުއްދަތު މި މަހުގެ ހަތްވަނަ ދުވަހު ވަނީ ހަމަވެފައެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މާލޭ ސަރަހައްދުގެ ސްކޫލްތަކަށް ކުދިން ވައްދަން އިތުރު ވަގުތު ދީފައެވެ. އިއުލާނުގައިވާ ގޮތުން މާދަމާ އިން ފެށިގެން އޭގެ އަނެއް ދުވަހުގެ މެންދުރު ފަހު 2:00 އަށް ފޯމު ހުށަހެޅޭނެއެވެ.