ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލުން ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ޓްރީޓޮޕުން ހޮސްޕިޓަލުން ބުނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތަކުން ބައިވެރިވެފައިވާ ކަމަށެވެ. އެ ހަވީރު ކުރިއަށް ގެންދިޔައީ ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދުގައެވެ.
އެ ހަވީރުގައި ސިއްހީ ހޭލުންތެރިކަމުގެ މައުލޫމާތާއި، ކުޑަކުދިންނަށް ހާއްސަ މެޑިކަލް ޗެކަޕެއް (ބީއެމްއައި ބެލުން، ދަތްތައް ޗެކްކުރުން، ހަށިގަނޑު ވައިޓަލް ޗެކްކުރުން) ކުރިއަށް ގެންގޮސްފައިވާ ކަމަށް ޓްރީޓޮޕުން ބުންޏެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކުޅިވަޅުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ހަވީރުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ބޭއްވި ގުރުއަތުލުމުގައި ހޮވުނު ތިން ފަރާތެއްގެ ތެރެއިން:
މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ އެފަދަ ހަރަކާތްތަކަށް އާންމުންގެ ފަރާތުން ދޭ ތަރުހީބަށް ޓްރީޓޮޕުން ވަނީ ޝުކުރު އަދާކޮށްފައެވެ.