އިބްރާހިމް ޒަކީ
އިންޓަނޭޝަނަލް ފުޑް ސަޕްލައި އޮފީހުގެ ތިޖޫރި ހަލާކުކޮށްލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ، އެ އޮފީހުގެ ތިޖޫރި ހަލާކުކޮށްލައިގެން، އެ ތިޖޫރީގައިހުރި، 235،923 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ އޮފީހުގެ ވަތްގަނޑު ތަކުގައިހުރި ފައިސާވެސް ވަގަށް ބަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، މިއަދު ހެނދުނު 8:42 އެހާކަންހާއިރު ކަމަށެވެ. އަދި އެ ހާދިސާ ތަހުގީގު ކުރުމަށްޓަކައި ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.