މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިން މިއަހަރު ހައްޖަށް ފޮނުވާ ފަސް މުވައްޒަފުން ހޮވައިފިއެވެ.
އެމްޕީއެލްގައި މިއަދު އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބުނު މުވައްޒަފުންނަށް، ލިޔުން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމެވެ.
އެމްޕީއެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް ފަސް މުވައްޒަފުން ހައްޖަށް އަދި ތިން މުވައްޒަފުން އުމްރާއަށް ފޮނުވައެވެ.