މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލޭގައި ބަހެއްގެ ދަށުވެ ޔުކްރޭން މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ބަހެއްގެ ދަށުވެ ޔުކްރޭން މީހަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާއިން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 6:37 ހާއިރު ހުޅުމާލޭ ފިތުރޯނުމަގުގަ އެވެ. މި ހާދިސާގައި މަރުވެފައި ވަނީ 31 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި، ހުޅުމާލޭ އެފްއެސްއެމް ފިއުލް ސަޕްލައި ކައިރީ ހިނގި މި އެކްސިޑެންޓު ހިނގަން މެދުވެރިވިކަމަށް ބެލެވެނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިގެންނެވެ. އަދި އަންހެން މީހާ މަރުވީ ބަހުގެ ދަށުވެގެން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

"ބަސް ދުއްވަން އިން މީހާ އަތުގައި ލައިސަންސް އޮވޭ. އެ ޑްރައިވަރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި." ފުލުހުން ބުންޏެވެ.