ހުޅުމާލޭގައި މީހުން އާބާދުވާން ފެށިތާ 20 އަހަރު ފުރުމާއި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށްގެންދާ "އުފާ ފެސްޓިވަލް" ފަށައިފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި އުރީދޫ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ އުފާ ފެސްޓިވަލް ފަށާފައިވަނީ އިއްޔެ ހަވީރެވެ. މި ފެސްޓިވަލް ފައްޓަވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއެވެ. މި ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޭކު ފެޅުމުގެ ހަރަކާތަކާ އެކު ފެށި މި ފެންޓިވަލް މިއަދުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ފެސްޓިވަލްގައި ކުޑަކުދިންގެ ހާއްސަކޮށްގެން ކުރިޔަށްގެންދާ ކުޅިވަރު ސްޓޯލްތަކާއި ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން ސްޓޭޖް ޝޯގެ ހަރަކާތްތައް ހިމެނެއެވެ.
ބައުންސިން ކާސަލް އާއި ތަފާތު މެސްކޮޓްގެ އިތުރުން އެމްއެންޑީއެފްގެ ފަޔާ ޓްރަކް، އެމްޓީސީސީގެ ބަސް އަދި އެމްޕީއެލްގެ ރީޗް ސްޓެކާއަށް އަރާލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މެއި މަހުގެ 10 ވަނަ ދުވަހެވެ. ކުޑަކުދިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1954 ވަނަ އަހަރުގައެވެ.