ޚަބަރު

"ރޮބޯމޭން - ދަ މޫވީ" ގެ ނަމުގައި ފިލްމެއް ހަދަނީ

1

"ރޮބޯމޭން - ދަ މޫވީ" ނަމުގައި ފިލުމެއް އުފެއްދުމަށް ނިންމައިފިއެވެ.

ރޮބޯމޭން - ދަ މޫވީ، ފިލްމަކީ ހިޔާލީ ސްޓޯރީލައިނަށް ތައްޔާރުކުރާ، ހުރިހާ އުމުރުފުރައެއްގެ މީހުން ޝައުގުވެރިވާނެ ގޮތަކަށް އޯކޭޒް އިންކްއާއި މީޑިއާނެޓް ގުޅިގެން އުފައްދާ ފިލްމެކެވެ.

މަހުދީ އަހުމަދުގެ ކްރިއޭޓިވް ސްކްރީންޕްލޭގެ މައްޗަށް ބިނާކޮށް އުފައްދާ އެ ފިލުމުން ރޮބޯމޭންގެ ލޯބިވާ ކެރެކްޓާ އަށް ދިރުމެއް ގެނެސްދޭނީ ފޯރިގަދަ ފިކްޝަނަލް އެޑްވެންޗާ އަކުންނެވެ.

އިބްރާހިމް ވިސާމް (ކަނޑި) އާއި އިބްރާހިމް މުންތަސީރު (މުންކޮ)ގެ ޑައިނަމިކް ޑޫއޯ އިން ޑައިރެކްޓް ކުރާ އެ ފިލްމަކީ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިގެންދާނެ ފިލުމަކަށް ވެގެންދާނެއެވެ.

އެ ފިލުމަށް ކާސްޓުން ހޯދުމަށް ނިންމާފައިވާ އިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައި އޮޑިޝަންތައް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެކްޓަރުންނާއި ބަތަލާއިންނަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް އޮޑިޝަންގައި ބައިވެރިވެވޭނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟