ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު އުމްރާގެ އަޅުކަމަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، އެ ދަތުރުފުޅަކީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއް ކަމަށެވެ. އަދި އެ ދަތުރުފުޅު ކުރައްވަނީ ސައޫދީ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށްވެސް ބުންޏެވެ.
ރައީސް އޮފީހުން ބުނީ، އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުހައްމަދު ލަތީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމަށްވާ އަލީ އާރިފް އަދި އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.