ޚަބަރު

ލަންކާގެ ނެގަންބޯގައި މިއަދު ހިނގި ހަމަނުޖެހުމާ ގުޅިގެން އަނެއްކާވެސް ސޯޝަލް މީޑިއާ ބްލޮކް ކޮށްފި

މަރިޔަމް ޝަހުދާ

ސްރީލަންކާގެ ނެގަންބޯގައި މިއަދު ހިނގި ހަމަނުޖެހުމާ ގުޅިގެން އަނެއްކާވެސް ސޯޝަލް މީޑިއާ ބްލޮކް ކޮށްފި އެވެ.

މިކަން ލަންކާގައި ހުންނަ ބީބީސީ ސިންހަޅަ ރިޕޯޓަރ އައްޒާމް އަމީމް ވަނީ އޭނާގެ ޓުވީޓަކުން ކަށަވަރުކޮށްދީފައެވެ. އެގޮތުން ލަންކާގައި ފޭސްބުކް، ވަޓްސްއެޕް އަދި ޔޫޓިއުބް ބްލޮކް ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ނެގަންބޯގައި މިއަދު ދެ ގްރޫޕެއްގެ ދެމެދުގައި ހަމަނުޖެހުން ހިނގާފައި ވާއިރު އެސަރަހައްދުގައި މިހާރު ވަނީ ކާފިއު އިއުލާނުކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި ލަންކާގެ ސޯޝަލް މީޑިއާ އަލުން ބްލޮކް ކޮށްފައިވަނީ ނެގަންބޯގައި ހިނގި ހމަނުޖެހުމާއި ގުޅިގެން ދޮގު މައުލޫމާތާއި ނަފްރަތު އުފެދޭ ފަދަ މެސެޖުތައް ދައުރުވުން ހުއްޓުވުމަށެވެ.

ލަންކާއަށް މިދިޔަ މަހު 21 ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެގައުމުގެ ސޯޝަލް މީޑިއާ ބްލޮކް ކުރުމަށް ފަހު އަލުން ސޯޝަލް މީޑިއާ ބޭން އުވާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.