ޚަބަރު

ބޭރު ގައުމުތަކަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް ހިމެނޭގޮތަށް ނުވަ ސަފީރުން އައްޔަނުކޮށްފި

ބޭރުގެ ބައެއް ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް ހިމެނޭ ގޮތަށް ނުވަ ސަފީރަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.

ރައީސް، ސަފީރުން އައްޔަނުކުރެއްވީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި އިނގިރޭސިވިލާތަށާއި ޗައިނާއަށާއި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ އަށާއި ބެލްޖިއަމާއި އީޔޫއަށާއި މެލޭޝިޔާއަށާއި ސްރީލަންކާ އާއި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކާއި ސިންގަޕޫރަށެވެ.

ރައީސް އައްޔަނު ކުރެއްވި ސަފީރުން

އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފު އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. އޯކިޑް، އިރުތިޝާމް އާދަމް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ފަށަލަ، ޑޮކްޓަރު ފަޒީލް ނަޖީބު އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ޑރ. އަލީ ނަސީރު މުހައްމަދު ކިންގްޑަމް އޮފް ބެލްޖިއަމްއަށާއި ޔޫރަޕިއަން ޔޫނިއަންއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ގީލާވިލާ، ގީލާ އަލީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ރުއްފުށި، ޑރ. މަރްޔަމް ޝަބީނާ އަހުމަދު ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕްބްލިކް އޮފް ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ތުޅާގިރި، މަސްއޫދު އިމާދު ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް، މ. ވިލާދަށުގެ، ޑރ. ސަލްމާ ރަޝީދު ރިޕަބްލިކް އޮފް ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މއ. ދިލާސާގެ، މުހައްމަދު ލުވޭޒު

މި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ރައީސް އެރުއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.